މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by Asuru
ނާޒިމް މިގޮތަށް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ދައުލަތުގެ ފިޒްކަލް ޒިންމާގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ސަރުކާރަށް މަސައްކަތް ކުރެވޭނީ ކަމާބެހޭ ޕޮލިސީގެ ދަށުން ކަމަށެވެ.

ނަމަވެސް ދައުލަތާއި އިގްތިސާދުގެ މައްޗަށް ބާރު ނުފޯރުވޭ އެހެން ހާލަތެއް އެބައޮތްކަން ފާހަގަކުރައްވައި، އެއީ މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުން ކަމަށް ވިދާޅުވިއެވެ.

އެ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައި އޮތް މަސްއޫލިއްޔަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.