މިފްކޯ ތަރައްގީ ނުކުރެވެނީ، ކުންފުނީގެ ދަރަންޏާއި ހިންގުމަށް ކުރަން ޖެހޭ ހަރަދު ބޮޑު ކަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ބައިނަލްއަގްވާމީ މާކެޓުގައި މަސް ގަންނަ އަގުގައި މިފްކޯއަށް މަސް ގަންނަން ނިންމީ ދައުލަތާއި މިފްކޯގެ މާލީ ހާލަތުގެ ސަބަބުން މަޖުބޫރުވެގެން ކަމަށެވެ.

މިފްކޯ އަކީ އަބަދުވެސް ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމުން އެ ކުންފުނި ތަރައްގީކުރުމަށް ކުރެވެން ހުރި ކަންކަންވެސް މިދިޔަ ގިނަ އަހަރުތަކުގައި ކޮށްފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކުންފުނި ތަރައްގީކުރުމަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނީގައި ކުންފުނި ހިންގަން ޖެހުން ކަމަށާއި، ކުންފުންޏަށް ލިބޭ ހުރިހާ އާމްދަނީއެއް މަސްވެރިންނަށާއި އިދާރީ ބޭނުންތަކަށް ހަރަދު ކުރުމަށްފަހު އެ ކުންފުނި ތަރައްގީކުރަން އެއްވެސް ވަރަކަށް ފައިސާ ނުހުންނަ ކަމަށްވެސް މިނިސްޓަރު ދާޅުވިއެވެ.