ސައިބަކްރައިމާ ގުޅުންހުރި ކަންކަން ޖިނާއީ ކުށްކަމުގައި ކަނޑައެޅުމަށް އިސްލާހު ހުށަހަޅައިފިއެވެ.

Ads by Asuru

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިސްލާހު ހުށަހަޅުއްވާފައިވަނީ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމްއެވެ.

ސައިބަކްރައިމާ ގުޅުންހުރި އަމަލުތައް ޖިނާއީ ކުށްކަމުގައި ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.

އޭނާ އިސްލާހު ހުށަަހަޅާފައިވަނީ، ސައިބަކްރައިމާއި ގުޅުންހުރި އަމަލުތައް އެއީ ކުށްކަމުގައި ކަނޑައެޅުމަށެވެ.

މި އިސްލާހުގައި ވަނީ، ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސަސްވުން، އިތުރު ކުށެއް ކުރުމަށް މަގުފަހުކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން، ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓްކުރުން، ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއަށް އިންޓަފިއަރކުރުން، ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުން،، ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން، ސައިބަވަޔަލަންސްގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް އަދި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްޤުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ ކުށް ކަމަށް ކަނޑައެޅުމަށެވެ.