އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by Asuru
އޭނާ މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ސަލީމް ވިދާޅުވީ ނިމިގެންދިޔަ 19 ވަނަ މަޖިލިހުގައި މާލިއްޔަތު ކޮމިޓީ އަށް އަމީރު ވަޑައިގެންނެވުމުން ތިވަރަށް ދަރަނި ނުނެގުމަށް އެދިވަޑައިގެން އާދޭސް ދެންނެވި ނަމަވެސް ބޭނުން ވަރަކަށް ދަރަނި ނަގާނެ ކަމަށް އަމީރު ވިދާޅުވި ކަމަށެވެ.
އެހެންވެ، ގައުމަށް ޣައްދާރުވެފައިވާ މީހެއްގެ ގޮތުގައި، އޭނާ ހިފާ ހައްޔަރު ކުރަންޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.
”އެހެންނޫން ނަމަ، ދެން އަންނަ ވަޒީރުން ވެސް މިގޮތަށް އަމަލު ކުރާނެ،“ ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރަނީގެ ބިލަށް އަމަލު ކުރާނީ ހަމައެކަނި މި ސަރުކާރުންކަމަށާއި އެހެން ބަޔަކަށް ވެރިކަން ލިބިއްޖެ ނަމަ އެ ބިލު ސްސްޕެންޑުކޮށް ބާލިތުކޮށް ހިތު ހުރި ގޮތަކަށް ޚަރަދު ކުރަން ފަށާނެކަމަށެވެ.