ދިހަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.

Ads by Asuru

އެމްއެންޑީއެފުން މިއަދު ބުނީ ރޭ ދަންވަރު ނ. ލޯފަރު ފަރަށް އަރައި ދިޔަވާތީ، އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެއީ ށ. ވަނގާރުން މާލެ ދަތުރުކުރި ’ނަސްފަރު‘ ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނީގައި 75 ފޫޓު ހުންނާނެ ކަމަށާއި އެ ދޯނި ދަތުރުކުރީ 10 މީހުންނާއެކު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމަތު ދެއެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.