ހިޖުރީ އާ އަހަރުގެ ތަނުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ 1446 ވަނަ އިސްލާމީ އައު އަހަރު އައުމުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ވަރަށް އިހްލާސްތެރިކަމާއިއެކު ރައީސް މުއިއްޒު ތަހުނިޔާ ވިދާޅުވެފައިވާ ކަމަށެވެ.
އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، މި ފެށުނު އާ އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަހުންނާއި އުހުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދެއްވުމަށާއި، ހާއްސަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާތްﷲގެ ރަހްމަތާއި ބަރަކާތް ލެއްވުން އެދި އެމަނިކުފާނު ދުއާ ދަންނަވާފައިވާ ކަމަށެވެ.
ރައީސް ފޮނުއްވި މެސެޖުގައި، މާތްﷲ އިސްލާމީ އުންމަތުގެ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަމާއި އުފާ ފާގަތިކަމަށްޓަކައި ގައުމުތަކުގެ ގުޅުން ވަރުގަދަކުރެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ދިވެހި ރައްޔިތުން އެއްބައިވަންތަވެ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
