ތަމްރީނަކަށް ރާއްޖޭގެ 12 ސަރަހައްދެއްގައި ސިފައިން ހަތިޔާރާ އެކީ ހަރަކާތްތެރިވާން ފަށައިފިއެވެ.

Ads by Asuru

އިއްޔެ ފެށި މި ތަމްރީނު މަހުގެ 12 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ތަމްރީނުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވި ނަމަވެސް، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެއެވެ.

ތަމްރީނުތައް ކުރިއަށްގެންދާ ސަރަހައްދުތަކަކީ މާލެ ވެސް ހިމެނޭ ގޮތަށް ހއ. އުލިގަމާއި ތުރާކުނާއި ދޭތެރޭ ކަނޑުގެ ސަރަހައްދު، ހޯރަފުށި، ހއ. ބެރިންމަދޫ، ހދ. ހަނިމާދޫ، ކުޅުދުއްފުށި ސިޓީ، ޅ. ފެލިވަރު، ޅ. މާފިލާފުށީ، ރ. މާކުރަތު، ބ. ގޮއިދޫ،
ހުޅުލޭ ސީޕްލޭން ޓާމިނަލް އަދި ކ. ގިރިފުއްޓެވެ.