ރައްޔިތުން ނުކުމެ އެމްޑީޕީގެ ވެރިކަން ބަދަލު ނުކުރިނަމަ މިއަދު ގައުމު އޮންނާނީ ބަނގުރޫޓްވެފައި ކަމަށާއި، މި ގައުމު ހަގީގީ މާނައިގައި ސަލާމަތް ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝުޖާއު މިހެން ވިދާޅުވީ، އިއްޔެ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުން ރައްޔިތުންނަށް ހައްގުވާ ފައިސާ ނުދޭ ކަމަށް ވިދާޅުވުމާ ގުޅިގެން،  އެކަމަށް ރައްދު ދެެއްވަމުންނެވެ.

އޭނާ ވިދާޅުވީ، އެ ވަރުގެ ބޮޑެތި ދޮގު ހަދާއިރުގައި ކޮންމެވެސް ވަރެއްގެ ލަދުހަޔާތެއް ހުންނާންވާނެ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އޮތީ ހަމައެކަނި ދައުލަތުގެ ތޮށިގަނޑު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

 

”ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ނުކުރެއްވިނަމަ މިއަދު ގައުމު އޮންނާނީ ބަނގުރޫޓް ވެފައި. ބޭންކްރަޕްސީ އިއުލާންކޮށްފައި. ބަލަ ތިބޭފުޅުން ވެރިކަން ކުރީ ފައިސާ ޗާޕް ކޮށްގެނޭ.“

މުސާރަތައް ސިޔާސީ ގޮތުން ބޮޑުކޮށް ކުޅުނު ”ނާޗަރަންގީ“ގެ ސަބަބުން، އޭރު ރައްޔިތުންނަށް ބޯފެން ވެސް އިހު ހުރި އަގުގައި ގަންނަން ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

”ތާހިރު ބަޔަކަށް ވާން ނޫޅުއްވާ. މިގައުމު ހަގީގީ މާނާގައި ރައީސް ޑރ. މުއިއްޒު ސަލާމަތް ކޮށްދެއްވާނެ. ބަލަންތިބޭތި.“ ޝުޖާއު ވިދާޅުވިއެވެ.

 

ޝުޖާއު ވިދާޅުވީ، ހަރަދު ކުޑަކުރަން ޖެހިގެން އުޅެނީ މި ސަރުކާރުން ކުރި ހޭދަތަކުގެ ސަބަބުން ނޫން ކަމަށާއިޑ އެއީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ މާލިއްޔަތައް ހިތުހުރި ގޮތެއް ހަދައި، ޓެކްސް ބޮޑުކޮށް ލިބުނު އާމްދަނީ އަށްވުރެ ބޮޑު ހޭދައެއްކޮށް، ކުންފުނިތަކުން އިސްރާފް ބޮޑުކުރުމުގެ ނަތީޖާ ކަމަށެވެ.