އިނގިރޭސިވިލާތުގެ އާ ބޮޑު ވަޒީރަކަށް އިންތިޚާބުވި، ކީރް ސްޓާމަރ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިނގެރޭސިވިލާތުގެ އާ ބޮޑު ވަޒީރު ކީރް ސްޓާމަރ އަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށާއި، އެ ގައުމަށް އާ ދުވަހެއްގެ އިރު އަރައިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން އާ ބޮޑު ވަޒީރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވައި، އެކި އެކި މައްސަލަތަކަށް ހައްލު ގެނައުމަށް ދެ ގައުމު އެކުއެކީގައި މަސައްކަތް ކުރުމަށް އިންތިޒާރު ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ޔޫކޭގެ އާއްމު އިންތިހާބުގައި ލޭބަރ ޕާޓީން ވަނީ، ޕާލިމެންޓުގެ މެޖޯރިޓީ ހޯދައިފައެވެ. މިއީ 2020 ވަނަ އަހަރުގެ އިންތިހާބުން ލިބުނު ނާކާމިޔާބީއަށްފަހުގައި، އެ ޕާޓީން ހޯދި އެންމެ ބޮޑު މޮޅެވެ.