ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ، އެ ކޯލިޝަނުގެ ޖަލްސާއެއް އާދިއްތަ ދުވަހު އޮންނާނެއެވެ.

Ads by Asuru

ޕީޕީއެމްގެ ނައިބު ރައީސް، އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ހައުސް އޮފް ޕީއެންސީގައި ބާއްވާ މި ޖަލްސާ އޮންނާނީ، މި މަހުގެ ހަތެއްވާ އާދިއްތަ ދުވަހުގެ ރޭ 8:30ގައި ކަމަށެވެ. ހައުސް އޮފް ޕީއެންސީ ހުންނަނީ ހ.ވެޔޮވިލާގައެވެ.

މިއީ ހައުސް އޮފް ޕީއެންސީ ހުޅުވުމަށް ބޭއްވި ޖަލްސާއަށް ފަހުގައި، ރައީީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ، އެ ކޯލިޝަނުގެ ދެވަނަ ޖަލްސާއެވެ.

ޕީއެންސީގެ މައި ހަރުގެ ހުންނަނީ، ކުރިން ޑިމޮކްރެޓްސްގެ ހަރުގެ ހިންގަމުން ދިޔަ އިމާރާތުގައެވެ.