ބޭނުންވާނެ ތަކެތި:
7 މިންޓް ލީވްސް
1/2 ލުނބޯ (ތުނި ފޮއްޗަށް ކޮށާފައި،)
1 ފެޝަން ފްރުޓް
350 މލ ސްޕްރައިޓް
ތައްޔާރުކުރާނެ ގޮތް:
މިންޓް ލީވްސް ކޮޅާއި ފެޝަންފްރުޓްކޮޅު އަދި ލުނބޯ ފޮތިތައް ތައްޓަކަށް އަޅާލުމަށްފަހު، ސަމުސަލަކުން މަޑުމަޑުން އެއްކޮށްލާށެވެ.
ލުނބޯ ކޮޅުތަކުން ކޮންމެވެސް ވަރަކަށް ދިޔަ ނިކުތުމުން ތަށީގެ 3/4 އަށް ކްރަސްޑް އައިސް އަޅާ ބާކީ ބަޔަށް ސްޕްރައިޓް އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލާށެވެ.
އެ ހުރީ ފެޝަން ފްރުޓް މޮހީތޯ ތައްޔާރުކޮށްލެވިފައެވެ.
