ކާބޯތަކެތި ނުބައި ނުވެ ގިނަ ދުވަހު ބެހެއްޓުމަށް، ކޮންމެހެން އެ ތަކެތި ފްރިޖަށް ލާކަށް ނުޖެހެއެވެ. ފްރިޖަށް ލުމަކީ ބައެއް ފަހަރަށް އޭގެ ރަހަވެސް ނުބައި ވެދާނެ ކަމެކެވެ. އެހެންކަމުން، ކޮންމެ އެއްޗެއް ވެސް އެންމެ ރަނގަޅު ގޮތުގައި ސްޓޯ ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
ތިރީގައި މި ހިމަނާލަނީ ފްރިޖަށް ނުލުން އެދެވިގެންވާ ބައެއް ބާވަތްތަކެވެ.
އާފަލު:

ފްރިޖަށް ނުލިޔަސް، ހަފްތާއެއް ނުވަތަ ދެ ހަފްތާ ވަންދެން ވެސް، އާފަލު އޭގެ ތާޒާކަމާއި، މީރު ރަހައާއިއެކުގައި ހުރެދާނެއެވެ. އެހެންކަމުން އާފަލު ފްރިޖަށް ލުން އެދެވިގެންވަނީ މި މުއްދަތަށް ފަހުގައެވެ.
އެވަކާޑޯ

ިފްރިޖަށް ނުލައި، ރޫމް ޓެމްޕަރޭޗަރގައި ބެހެއްޓުމަކީ، އެވަކާޑޯ ވަރަށް އަވަހަށް ދޮންވުމަށް މަގުފަހިވާނެ ކަމެކެވެ. އެހެންކަމުން، މިއީ ވެސް ފްރިޖުގައި ސްޓޯ ކުރުން ރަނގަޅު މޭވާއެއް ނޫނެވެ.
ބެލްޕެޕާ

ބެލްޕެޕާއަށް ވެސް ރަނގަޅީ ފްރިޖުން ބޭރެވެ. މި ފްރިޖުގައި ބަހައްޓައިފިނަމަ، އޭގެ ބޭރުގައި ހުންނަ ހަރުކަން ގެއްލިގެންދެއެވެ.
ޗޮކްލެޓް

ޗޮކްލެޓް ފްރިޖުގައި ބެހެއްޓުމުން، އެ މާބޮޑަށް ހަރުވެ، އޭގައި ހުންނަ މީރު ރަހަ ގެއްލޭގޮތް މެދުވެރިވެއެވެ. ފްރިޖުގެ ބަދަލުގައި ޗޮކްލެޓް ބަހައްޓަންވީ، އަނދިރި، އަދި ފިނި ނުވާ ތަނެއްގައެވެ.
ޕީނަޓް ބަޓަރ

ި
ޕީނަޓް ބަޓަރ ކްރީމީކޮށް، އަދި ފަސޭހައިން ފަތުރާލެވޭނެ ގޮތެއްގައި ބަހައްޓަން ބޭނުންވާނަމަ، ރޫމް ޓެމްޕަރޭޗަރގައި ތިން މަސް ދުވަސް ވަންދެން ބެހެއްޓޭނެއެވެ. މީތި ފްރިޖަށް ލާންވީ، އޭގެ ފަހުންނެވެ.
މާމުއި

މާމުއި ފްރިޖުގައި ބެހެއްޓުމުން، އެ ހަރުވެ، ގަނޑުލާ ގޮތްވެއެވެ. މާމުއި ސްޓޯ ކުރުމަށް ވެސް އެންމެ އެދެވިގެންވަނީ ރޫމް ޓެމްޕަރޭޗަރގައެވެ.
މި ބަޔާން ކުރެވިދިޔަ ތަކެތީގެ އިތުރުން ވެސް، އަލުވިއާއި، ދޮންކޭލާއި ކިއުކަންބާ އަދި ފިޔާ ފަދަ ފަދަ ތަކެތި ފްރިޖުގައި ރައްކާ ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

