ކ.ދިއްފުށި ކައިރިއަށް ޑައިވް ކުރަން ދިޔަ މީހަކަށް މިޔަރެއް ހަމަލާ ދީފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިޔަރު ހަމަލާ ދީފައިވަނީ ދިއްފުށީ ކައިރީގައި އޮންނަ ގަމަރު ގިރި އަށް ޑައިވިންއަށް ދިޔަ މީހަކަށެވެ.
މި ހަމަލާގައި އެ މީހާގެ އަތުގެ މަސްގަނޑު ކަފައިގެން ގޮސްފައިވާ ކަމަށް ބައެއް މަސްދަރުތައް ބުނެއެވެ.
މިޔަރުގެ ހަމަލާގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު، ލ.ކައްދޫގައި ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ މޫދު ތަމްރީނެއްގައި އުޅުނު ޒުވާނަކު ވަނީ، މިޔަރެއްގެ ހަމަލާގެ ޝިކާރައަކަށް ވެ، ނިޔާވެފައެވެ.
އެ ހާދިސާގައި ނިޔާވީ، ރ. އުނގޫފާރު، ނިއުލައިފް، ލާންސްކޯޕްރަލް މުހައްމަދު ޒައިދާން 23، އެވެ.
ަ

