އޮޅުވާލައިގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތްކުރި ހަތަރު ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ނަކަލުކޮށްފައިވާ ނުވަތަ ކައުންޓާފެއިޓް ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން މި މަހުގެ ތިނެއް ވީ ބުދަ ދުވަހު ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ހަތަރު ބިދޭސީ އަކު ހުއްޓުވާފައިވާ ކަމަށެވެ.
އޮޅުވާލައިގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތްކުރި ބިދޭސީންތަކެއް އިމިގްރޭޝަނުން ހުއްޓުވާފައިވާއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ފަރާތްތައް ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

