ބެޓުކުރަން ބޭނުންކުރާ ސައިޓުތައް ރާއްޖޭގައި ބްލޮކުކުރަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނަރު އަދި ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިހާތަނަށް އެފަދަ ހަތަރު ސައިޓެއް ބްލޮކް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅައިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ”ކިރާ.ބެޓް“ ސައިޓު މިހާރު ވަނީ ބްލޮކްކޮށްފައެވެ.
ބެޓް ކުރާ ސައިޓްތައް ރާއްޖޭގައިި ބޭނުން ނުކުރެވޭނެ ގޮތް ހަދަން ފެށިއިރު، ބަރަހަނާ މަންޒަރު ބެލޭނެ ވެބްސައިޓުތައް ވެސް ވަނީ ބްލޮކް ކޮށްފައެވެ.

