ޒުވާން ހަތީބުން ތަމްރީނު ކުރާ ޕްރޮގްރާމް ”ޒުވާން ހަތީބުން“ގެ ދެވަނަ ބުރަށް 200 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ.

Ads by Asuru

ހަތީބުންގެ ގޮތުގައި ޒުވާނުން ތަމްރީނުކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ބޮޑު ތަހުރީބެއް ލިބި، ޒުވާން ހަތީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް އެދި 206 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫނާތު ދެއެވެ.

ގްރޭޑު 10 އަކުން ފެށިގެން ގްރޭޑު 11 އަދި 12 ގައި އުނގެނެމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޒުވާން ހަތީބުންގެ ޕްރޮގްރާމުން ދަސްވެނިވާ ޒުވާނުންނަށް ހުކުރުކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.

ޒުވާން ހަތީބުން ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިމިފައިވާއިރު އެ ޕްރޮގްރާމުގި 100 އަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެފައިވެއެވެ.

މި ޒުވާނުން ދަނީ މިސްކިތްތަކުގައި އިމާމުވެ، ނަމާދު ކުރަމުންނެވެ.