އެމެރިކާގެ ވިޔަފާރިންނާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.

Ads by Asuru

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން އިންތިޒާމު ކޮށްގެން ކޯޕަރޭޓް ދާއިރާގެ ފަރާތްތަކާއެކު ބޭއްވި އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގައެވެ.

މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރައްވައެވެ.

މިނިސްޓަރު ސައީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ ރާއްޖެއާއި އެ ގައުމާ ދެމެދު އޮންނަ ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ގުޅުން ފުޅާކުރުމަށް ކުރައްވާ ދަތުރެކެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ވިދާޅުވީ މިނިސްޓަރު ސައީދުގެ މި ދަތުރުފުޅުގައި އެމެރިކާގެ އިގްތިސާދީ ދާއިރާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އަދި އެމެރިކާގެ ވިޔަފާރިވެރިންގެ މައި ޖަމިއްޔާގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ސައީދު އެމެރިކާއަށް ފުރާވަޑައިގަތީ، މި މަހުގެ 08 ވަނަ ދުވަހުއެވެ.