ޑިމޮކްރެޓްސްއަށް އެއް އަހަރު ފުރުމާއި ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެމްބަރުންނަށް ދަންނަވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި ތިއްބެވި ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އެ ޕާޓީން ވަކިވެވަޑައިގެން އެ ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ.
އެ ޕާޓީން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް، ވާދަ ކުރިއެވެ.
ނަމަވެސް، ރިޔާސީ އިންތިހާބަށް ފަހުގައި، އެ ޕާޓީގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

