ބަންގްލަދޭޝްއިން ރާއްޖެއަށް ކުޅިވަރު ސާމާނުތަކެއް ހަދިޔާ ކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ހަފުލާއެއްގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން އެ ތަކެތި މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުންނެވެ.
ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ސްޓޭޓު މިނިސްޓަރު މުހައްމަދު ރިޔާޒެވެ. ތަކެތި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު އެޑްމިރަލް އަބްދުލް ކަލާމް އާޒާދެެވެ.
ބަންގްލަދޭޝްއިން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނީ 100 ފުޓުބޯޅަ އާއި 100 ފުޓްސަލް ބޯޅަ އާއި 90 ވޮލީ ބޯޅައިގެ އިތުރުން
100 ބިބްސްއެވެ.
ރިޔާޒް ވަނީ ބަންގްލަދޭޝް އިން ތަކެތި ހަދިޔާކޮށްފައިވާތީ އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ. އަދިއެ ތަކެތީގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ.

