ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓު އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން އދ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށެވެ.
އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން އިރުއޮށްސި 06:00 އާ ހަމައަށެވެ.
މެޓުން އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އަދި 40 މޭލަށް ވައިގަދަވެދާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

