ރާއްޖޭގެ އިލްމުވެރިންނަށް ހާއްސަކޮށްގެން ބާއްވާ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
”އިލްމުވެރިންގެ މަހާސިންތާ 2024“ އޮންނާނީ، އަންނަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.
މި މަހާސިންތާއަށް ކަނޑައަޅާފައިވާ މައުޟޫއު އަކީ ”އިސްލާމީ ރިވެހި އަޚްލާޤާއި، އަޚްލާޤް ޚިމާޔަތް ކުރުމުގައި އިލްމުވެރިންގެ ދައުރު“ މިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބާއްވާ މި މަހާސިންތާގައި އޮންލައިންކޮށްވެސް ބައިވެރިވެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މަހާސިންތާއަށް ޝައުގުވެރިވާ ބޭފުޅުންނަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެޕްލިކޭޝަންގެ ލިންކު މިނިސްޓްރީން ވަނީ، އެކްސްގައި ހިއްސާ ކޮށްފައެވެ.

