ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
ހާޓް އެޓޭކު ޖެހި، ސައީދުގެ ހާލު ގޯސްވެ، އޭނާ އަށް އިތުރު ފަރުވާ ދިނުމަށް އަވަށްޓެރި އިންޑިއާ އަށް ގެންގޮސްފައިވާއިރު، ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ސައީދާ ގާތް މީހެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ފެނަކައިގެ އެމްޑީގެ މަގާމަށް ސައީދު އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރުގައި، ކޮރަޕްޝަންގެ އެންމެ ގިނަ މައްސަލަތައް އޭސީސީއަށް ހުށަހެޅިފައިވަނީ، ފެނަކައާ ގުޅޭގޮތުންނެވެ.

