ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީން ދެމުން އަންނަ ހަމަލާތަކުގައި، ޝަހީދު ކޮށްލި މީހުންގެ އަދަދު 38،000 ފަހަނައަޅައިފިއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާ އިން ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހުގައި، ހަމާސް އިން ދިން ހަމަލާތަކެއްގެ ރައްދުގައި ކަމަށް ބުނެ، އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 38،400 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.

މިއަދު ވެސް ޔަހޫދީންގެ ހަނގުރާމަމަތީ ޖެޓުތަކުން ވަނީ، ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދަމުން ދިޔަ ރެފިއުޖީ ކޭމްޕަކަށް ވެސް ހަމަލާ ދީ އެތައް ބަޔަކު ޝަހީދު ކޮށްފައެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 71 އަށް ވަނީ އަރާފައެވެ.

ޚާން ޔޫނިސްގެ ހުޅަނގަށް ހުންނަ، އަލްމަވާސީ ރެފިއުޖީ ކޭމްޕަށް ދިން މި ހަމަލާގައި 289 މީހުން ޒަހަމް ކޮށްލާފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ބުނެއެވެ.

ި