ވެރިރަށް މާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ބަޔަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ފަސް ދިވެހިންނެވެ. އެއީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ.

އެ މީހުން ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އެމީހުންގެ މައްޗަށް ކުރަނީ، ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.

މިގޮތުން އެމީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ތިން މީހަކަށް ފަސް ދުވަސް ޖަހާފައި ވާއިރު ބާކީ ތިބި ދެ މީހުންގެ ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައި ވެއެވެ.