ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، ރޭ އެކަނި ހަތް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ މާލޭގައި ޓޭކްއަވޭ/ ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެތަންތަނުން ބިދޭސީ ހަ ފިރިހެނަކާއި އަންހެނަކު ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ރޭ ހިންގި އޮޕަރޭޝަނުގައި ތިން ބިދޭސީން ހިންގަމުންދިޔަ ކެފޭއެއް ބަންދުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަދި އިމިގްރޭޝަންގެ އުޅަނދަކަށް ގެއްލުން ދިނުމުގެ ސަބަބުން ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީއެއް ވެސް މީގެތެރޭގައި ހިމެނޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިފަރާތްތަކާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.


ކިތައް އަންހެނުން ހައްޔަރުކުރެވިއްޖެތަ އަޅެފަހެ. ބަންގާޅުން އުޅެނީ ގިނަ ނޭޕާލް އަންހެންކުދިން ގެނެސްގެން ހަށިވިއްކުން ވަރަށް ބޮޑަށް ފުޅާކޮށްގެން. ޢިސްލާމީ ގައުމެއްގައި ހަށިވިއްކުން ހިއްޓުވޭނެ ޖެހޭނެ