ކ.ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ނެގުމަށް މިއަދާއި ހަމައަށް ސިޓީ ހުށަހަޅާފައިވާ ފަރާތްތަކަށް ބިމުގެ ޖާގަ ހުރި މިންވަރުން، ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ނެގުމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއ، އެކަމަށް އެދި ސިޓީ ހުށަހަޅާފައިވާ ތަރުހީބަށް ބަލައި، އެޗްޑީސީގެ އުސޫލުތަކާއި ތިލަފުށީގެ މަސްޓާރ ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން މިއަދާއި ހަމައަށް ހުށަހަޅާފައިވާ ސިޓީތަަކަށް ބިމުގެ ޖާގަ ހުރި މިންވަރުން، ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެރަށުން ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވެ އެ ކުންފުންޏަށް ސިޓީ ހުށަހަޅާފައިވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމުގެ މަރުހަލާ ނިންމުމަށްފަހު، އެރަށުގައި ހުސް ބިންތައް ހުރިނަމަ އިތުރު ފަރާތްތަކަށް ބިން ކުއްޔަށް ނެގުމަށް އެދި ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެޗްޑިސީން ބުނެއެވެ.