ނޮލެޖް ހަބްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯ އިން އިފުތިތާހްކޮށްފިއެވެ.
އިއްޔެ އެ ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި މި ޕްރޮގްރާމްގެ ބޭނުމަކީ އީޖާދީ ވިސްނުމާ އެކުގައި ހިދުމަތުގެ އެންމެ މަތި ގިންތިއަށް ވާސިލްވުމުގެ އަމާޒުގައި އަދި މުވައްޒަފުންގެ މެދުގައި ނަފްސު ތަރައްގީ ކުރުމުގެ ރޫހު އާލާކޮށް ބަދަހިކަމާ އެކު ގުޅިގެން ކުރިއެރުމުގެ ފިކުރު އަށަގެންނެވުން ކަމަށެވެ.
އެ ޕްރޮގްރާމާ ގުޅޭ ގޮތުން އެމްޑީ ފަހުމީ ވިދާޅުވީ ސްޓެލްކޯ އަކީ ވަރަށް ދުވަސްވީ ކުންފުންޏެއް ކަމަށެވެ.
އެގޮތުން އެ ކުންފުންޏަށް 75 އަހަރު ވެފައިވާކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، ނޮލެޖު ހަން އަކީ ކުންފުނީގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ފިކުރުކޮށް ކުރިމަގު ރާވައިލާ ޕްލެޓްފޯމަކަށް ވުމަކީ ވަރަށް އުއްމީދު ކުރެވޭ ކަމެއް ކަމަށެވެ.

