ވެރި ރަށް މާލޭގެ އަމީނީމަގުގައި ހުންނަ ކޭއެފްސީގެ ތިން ބިއްލޫރިގަނޑެއް އަނެއްކާވެސް ތަޅާލައިފިއެވެ

ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ރޭ 4:32 ހާއިރު އަމީނީމަގުގެ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިކަމަށެވެ.

އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވެސް ވަނީ އެ ތަނުގެ ދެ ބިއްލޫރިގަނޑެއް ތަޅާލާފައެވެ.