ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މި އެލާޓު ނެރުނީ، މިއަދު 13:15 އިން 17:15 އަށެވެ. މިއީ އުދަ އަރާނެ ކަމަށް ލަފާކޮށް ނެރުނު އެލާޓެކެވެ.
މީގެ ހަތަރު ދުވަސް ކުރިން މެޓުން ވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ހއ.އަތޮޅުން ފެށިގެން، ރ.އަތޮޅާ ހަމައަށް ވެސް ވައިޓް އެލާޓް ނެރެފައެވެ.

