- 250 ގުރާމް ޗޮކުލެޓް
- 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު
- ވިޕްޑް ކުރީމް
- 300 ގްރާމް ޑާކް ޗޮކުލެޓް
- 1/4 ޖޯޑު ހަކުރު
- 3 ކުކުޅު ބިސް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކަމަކަށް ޗޮކްލެޓް ކުދިކޮށް ކޮށާލުމަށްފަހު، ކޮށި ޗޮކްލެޓު ތަވަޔަކަށްލާ ދިޔާ ކުރާށެވެ. ދިޔާކުރި ޗޮކުލެޓު ފިނިވަންދެން ބަހައްޓާށެވެ.
އެއަށްފަހު ބިހާ ހަކުރު ތައްޓަކަށް އެޅުމަށްފަހު ގިރާލާށެވެ. ގިރާ ނިމުމުން ފިނިކޮށްފައި ބެހެއްޓި ޗޮކްލެޓާއި ކޮކޯ ޕައުޑަރު އެއްކޮށް ގިރާލާށެވެ.
ފަސް ވަރަކަށް މިނެޓު ވަންދެން ރަނގަޅަށް ގިރައި ހުރިހާ އެއްޗެއް އެއްވުމުން، އޭގެ ތެރެއަށް ވިޕްޑް ކުރީމް އަޅައި ގިރާލާށެވެ. އެއަށްފަހު ފްރިޖަށް ލައި ފިނިކުރާށެވެ.
