ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ދެރަ ކަަމަށް ބުނެ ފަތުރަމުން އަންނަ ހަބަރުތައް ޖޭޕީން ދޮގުކޮށްފިއެވެ.
ޖޭޕީން މިހެން ބުނެފައިމިވަނީ ސަން އައިލޭންޑުގައި ގާސިމް ހުންނަވަނިކޮށް ހާލުކޮޅު ދެރަވެގެން އެ ރިސޯޓަށް އިމަޖެންސީގައި ޑޮކްޓަރުންގެ ޓީމެއް ގޮސްފައިވާ ކަމަށް ބުނެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ޖޭޕީން ރޭ ބުނީ ގާސިމްގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
