އައްޑޫ ސިޓީ މޫދުގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކުރަން އިންވެސްޓަރުން ހޯދަން ހުޅުވާލައި އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، އެ މަސައްކަތަކީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުން އަންނަ އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މި މަސައްކަތުގެ ދަށުން ދ މެގަވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް ސ. މަރަދޫ ބަނދަރު، އަދި ސ. ހުޅުމީދޫ ސެންޓްރަލް ހާބާގައި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެއެވެ.

އަދި އަށް މެގަވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް ސ. ހިތަދޫ ޕޯޓް އޭރިއާގައި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީން ބުނީ ބީލަމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ވާދަވެރި ޕްރޮކިއުމަންޓް ގެ އުސޫލުން ”ވާލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯ އައިޕީއެފް ބޮރޮވާސް“ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވަ ޕްރޮޖެކްޓެއް ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1،500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ.

އެ ފައިސާ ބަލައިގަންނާނީ 29 ޖުލައި 2024 އިން 21 އޮކްޓޫބާ 2024 އަށް، https://bandeyripay.finance.gov.mv މެދުވެރިކޮށެވެ.