މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ދެ ގަޑިއިރަށް ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، އަމީރު އަހުމަދު މަގާއި ބޮޑުތަކުރުފާނު މަގު އަދި ލޮޓަސް ގޯޅި ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 14:30 އިން 16:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސްޓެލްކޯއިން ބުނީ ބުރުޒު މަގާއި ބޮޑުރަސްގެފާނު މަގާއި ނިރޮޅު މަގާއި ޝަބްނަމް މަގު ހިމެނޭ ސަރަޙައްދުން ވެސް މިއަދު މެންދުރުފަހު 14:30 އިން 16:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފައެވެ.