ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަން ކޮށްދެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވުމުން، ޕީޕީއެމްގެ ރަޖިސްޓްރަރ އަހުމަދު ހަމްދާން، އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.
”އަސުރު އޮންލައިން“ގެ ޚަބަރެއް ރީޓްވީޓް ކުރައްވައި، ހަމްދާން މިއަދު ވިދާޅުވީ ރައީސް ސޯލިހު ވެެރިކަން ކޮށްދެއްވަނީ، ޔަގީނުންވެސް ދިވެހީންނަކަށް ނޫން ކަމަށެވެ. އަދި ކޯވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ރައްޔިތުން ގޭބަންދު ކޮށްފައި ކުރީ ވައްކަން ކަމަށެެވެ.
”ގޮތްނޭނގޭ އެއްބަސްވުންތައް ހަދައިގެން މިނިވަންކަން ވިއްކާލައިފި. ހަޒާނާ ގާތް މީހުންނަށް ބަހާލީ، އަމިއްލަ އެއްޗެއް ބަހާލާހެން. ދަރަނިވެރި ކުރުވިއިރު، ކުރިކަމެއް ފެންނަން ނެތް.“ ހަމްދާން ވިދާޅުވިއެވެ.
Kongaunehge rayyithunehtho? Yageenunves dhivehinakahnoon. Covid therey rayyithun geybandhukohffa kuree vahkkan. Goi neygey ehbbasvunthah hadhaigen minivankan vikkaalaifi. Khazaanaa gaai meehunah bahaalee amilla ehcheh bahaalaahen. Dharaniveri kuruvi iru kuri kameh fennan neh. https://t.co/eyLjVxbp6q
— Ahmed Hamdhan Nasir 🇲🇻 (@AhmedHamdhan) August 28, 2022
މި.ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިއްގަރުގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ކަމަށެވެ.
އަދި އެއީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.
ތިޔައީ ބުނަށް ނޭގިފާވާ ވ ތެދެއް އެހެނވެއާއެކު ރާޖެއަށް މިހެންމިދިމާވެފާމިއޮތީ އިސްލާންދީނަށްވުރެ ބޮޑަށް އަމާޒުހިފާފައޮތީ ޢައެރުދީންތަކަންމެ