ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިމުނުއިރު، މެމްބަރުން ދައުލަތުގެ ވަޒީރުންނާ ކުރެއްވި ހުރިހާ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ދައުރު ނިމިގެން ދިޔައިރު، ވަޒީރުންނާ ކުރެއްވި ސުވާލެއް ނެތް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ސްޕޯޓްސް މިނިސްޓަރު ޑރ.ރާފިއުއާ ވަނީ ސުވާލު ކުރައްވައިފައެވެ.

އަބްދުއްރަހީމް ވިދާޅުވީ މެންބަރުގެ ސުވާލަށް މިނިސްޓަރު ރާފިއު ޖަވާބު ދެއްވުމާއެކު މި ދައުރުގެ ތެރޭގައި މެންބަރުން ދައުލަތުގެ ވަޒީރުންނާ ކުރަން ފޮނުވި ހުރިހާ ސުވާލަކަށް ވަޒީރުން ޖަވާބު ދެއްވާފައިވާ ކަމަށެވެ.

އަދި މިވަގުތު ޖަވާބު ދޭން ޖެހޭ އިތުރު ސުވާލެއް ނެތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވިއިރު، މި ސަރުކާރުން ވަނީ ރައްޔިތުންނަށް ވަޒީރުންނާ ސުވާލު ކުރެވޭނެ ގޮތަށް ފޯރަމްތަކެއް ވެސް ބާއްވައިފައެވެ.