ލ. ގަމުގައި މަސްތުވާތަކެއްޗާއި ބޯގަރު ހުރި ދެ ރުނބައަކާ އެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ގެންގުޅުމާއި ވިއްކުމުގެ އިތުރުން ބޯގަރު ކައްކާ، އޭގެއިން ވިޔަފާރި ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ލ. ގަން ތުނޑި ވިލެޖްގެ ބަލައި ފާސްކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ގޭ ތެރެއިން 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެއްޗަކާއި ބޯގަރު ހުރި ކަމަށް ޝައްކުކުރެވޭ ދެ ރުނބާ އަދި ފަސް ލީޓަރުގެ ފުޅިއަކާއި ބޯގަރު ކައްކަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގައި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 57 އަހަރުގެ ދިވެހި ފިރެހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

