ހއ.އަތޮޅުން ފެށިގެން މި އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މި އެލާޓް ނެރުނީ، ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި، ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ލަފާކޮށެވެ.
އެލާޓްގެ ވަގުތަކީ ހެނދުނު 7:00 އިން ފެށިގެން 11:00އަށެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯހެވެ. އެހެންކަމުން، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
މެޓުން ބުނީ، މި ފެށުނު ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމުގައެވެ.

