އިންޑިއާގައި ހުންނަ ތާޖް މަހަލްއަކީ އެގައުމަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލް ތަނެކެވެ. އެތަނާ ގުޅޭ މިކަންކަން އެނގޭހެއްޔެވެ؟

Ads by Asuru

ތާޖު މަހަލް ބިނާ ކުރީ ޝާހް ޖަހާންގެ އަނބިކަނބަލުން މުމްތާޒްގެ ހަނދާނުގައި:

ދުނިޔޭގެ މަޝްހޫރު ގިނަ ބިނާތަކަކީ ބައެއް ރަސްރަސްކަލުން، ނުވަތަ ލީޑަރުންނަށް ހާއްސަ ތަންތަނެވެ. އެހެންނަމަވެސް ތާޖު މަހަލް ހާއްސަ ކުރެވުނީ، އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމުގައިވާ ޝާހް ޖަހާން އެންމެ ލޯބިވި އަނބިކަނބަލުން މުމްތާޒް މަހަލް އަށެވެ. މުމްތާޒު  މަރުވެފައިވަނީ ވިހެއުމުގެ ތެރޭގައެވެ.

ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖައިބު:

2007 ވަނަ އަހަރުގައި ނެގުނު ވޯޓެއްގައި، އެތައްހާސް ބަޔަކު ވަނީ ތާޖް މަހަލް އަކީ، ދުނިޔޭގެ އެއް އަޖައިބުގެ ގޮތުގައި ކަނޑައެޅުމަށް ވޯޓު ދީފައެވެ.

ކާރުތަކާއި ބަސްތަކަށް ތާޖު މަހަލްއާ 500 މީޓަރަށްވެސް ކައިރި ނުވެވޭ:

އިންޑިއާ އަކީ އެއާ ޕޮލިއުޝަންގެ މައްސަލަ ވަރަށް ބޮޑު ގައުމެކެވެ. ވައި ތަޣައްޔަރުވުމުގެ ސަބަބުން ތާޖު މަހަލްއަށް އެއްވެސް އަސަރެއް ކޮށްފާނެތީ، އުޅަނދުތަކަށް އެތަނާ 500 މީޓަރަށްވުރެ ބޮޑަށް ކައިރިވުންވެސް ވަނީ މަނާ ކޮށްފައެވެ.

ތާޖު މަހަލް އަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ބިނާއެވެެ. އެތަނަށް އަަހަރަކު 8 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.

އެތަން އިމާރާތް ކުރެވުނީ 20 އަހަރުންނެވެ.

ތާޖު މަހަލް އިމާރާތް ކުރެވުނީ 1632 ވަނަ އަހަރާއި 1652 ވަނަ އަހަރާ ދެމެދުއެވެ. ސަންގުމަރުމަރު ހިލައުން އިމާރާތްކޮށްފައިވާ އެތަން އެޅުމަށް 32 މިލިއަން އިންޑިއަން ރުޕީސް ވަނީ ހަރަދުވެފައެވެ.