އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގި މައްސަލަތަކާ ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން މިހަފްތާގެ އަންގާރަ ދުވަހު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ، ހައްޔަރު ކޮށްފައިވަނީ 40 އަހަރުން މަތީގެ 3 މީހުން ކަމަށެވެ.
ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 45 އަހަރުގެ މީހާއަށް 5 ދުވަސް، 47 އަހަރުގެ މީހާއަށް 14 ދުވަސް އަދި 49 އަހަރުގެ މީހާއަށް 14 ދުވަސް ވަނީ ދީފައެވެ.
ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 4 މީހެއްގެ މައްޗަށް، ވަނީ ދައުވާ އުފުލާފައެވެ.
