ސަރުކާރު އޮތީ، މީޑިއާ މިނިވަން ކޮށްގެން، ތަންމިނަށް ހުޅުވާލައިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި, ބްރޯޑް ކާސްޓިންގ ކޮމިޝަނާއި, ޝަހީބު މީޑިޔާ ގުޅިގެން ދެހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

މިނިސްޓަރުގެ ވާހަކައިގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މީޑިއާގެ މިނިވަންކަން ހަނި ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް އަދި ފަހުން އަންނާނެ ސަރުކާރުތަކުން ވެސް މީޑިއާއަށް ނުދޭހާ މިނިވަންކަން މިއަދުގެ ސަރުކާރުން ދީފައިވާ ކަމަށާއި އެވަރުގެ މިނިވަންކަމެއް ސަރުކާރުން ދިނުމުން މީޑިއާތަކުން، އޭގެ ޒާތުގައި ފުރިހަމަ ފައިމައްޗަށް ތެދުވުމަކީ އަމިއްލަ ޒިންމާއެއް ކަަމަށެވެ.

މީގެއިތުރުން، ސަރުކާރުން ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް, މިކަމަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް, އެކަށަ އަޅަންޖެހޭ ހަމަތައް އެކަށައަޅުއްވާކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އަދި އިތުރަށްވެސް ކުރަން ހުރި ކަންކަން އެބަހުރި ކަމަށް ވިދާޅުވެފައެވެ.