ތިން ފުލުހަކަށް ހަމަލާދިން ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 11:50ހާއިރު، މި މައްސަލައާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ތިން ފުލުހަކަށް އަނިޔާވިއިރު، އޭގެ ތެރެއިން ބޮޑަށް އަނިޔާ ލިބުނު ފުލުސް މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުސް މީހާއަށް ހަމަލާދިން މަންޒަރުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަގު މަތިން ހަމަލާދީފައިވަނީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުގައި މަސައްކަތް ކުރާ ފުލުހެކަށެވެ.
