އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.

Ads by Asuru

މީރާއިން ކުރި ނެރުނު އިއުލާނެއްގައި ބުނީ ޓެކްސް ފައިސާ އަދި ބަޔާން ހުށަނާޅާ މީހުންގެ ނަންހާމަކުރާ އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިން ޓެކްސް ބަޔާން ހުށަނާޅާ މީހުންނާއި ފައިސާ ނުދައްކާ މީހުންގެ ނަން އަހަރުގެ އެކި މަސްތަކަށް ބަހާލައިގެން ހާމަކުރާނެ ކަމަށެވެ/

އޭގެ އިތުރުން ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައްވެސް ހާމަކުރާނެ ކަމަށާއި އެގޮތުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އަދި މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސްނުކޮށް، ޓެކްސް ދެއްކުމަށް ނުވަތަ މި އޮތޯރިޓީއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށްވެސް މީރާއިން ވަނީ ގޮވާލާފައެވެ،

ޓެކްސް ދެއްކުމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި އެ އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ ވައިބާ ނަންބަރު 9821415 އަށް މެސެޖްކުރުމަށް މީރާއިން އެދެއެެވެ.