ފުރައިގެންދާން ބޭނުން ކޮންމެ އިރަކުވެސް، އޭނާއަށް ދެވިދާނެ ކަަަމަށް އެއްޖިންސުން ގުޅުން ހިންގި ނާޒިމް ސައްތާރު ބުނެފިއެވެ.

Ads by Asuru

އޭނާ މިހެން ބުނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުންނެވެ. ނާޒިމް ބުނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ.

އޭނާ ފުރައިގެން ދާން ބޭނުންނަމަ ކޮންމެ ވަގުތަކު ވެސް ފުރައިގެން ދެވިދާނެ ކަމަށެވެ. ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގެ މުއްދަތު އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ހަމަވީއިރު، ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނުނެރެއެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވި ނާޒިމަށް މިއަދު ހުކުމް ކުރާނެއެވެ. މިއަޑުއެހުން އޮތި މިއަދު ހަވީރު 4:30ގައެވެ.