ގިނަ ފިިރިހެނުންތަކަކާއެކުގައި އެއްޖިންސުން ގުޅުން ހިންގައި، އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެއް، އެމްޑީ އަލަމްގީރްގެ މައްޗަށް އުފުލައިފިއެވެ.

Ads by Asuru

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އަލަމްގިރްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާ އުފުލާފައިވާ ކަމަށެވެ.

އަލަމްގީރްގެ މައްޗަށް އިތުރު 40 ދައުވާ އުފުލިއިރު މީގެކުރިން އޭނާގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާ ސާބިތުވެ ވަނީ ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފ އެވެ.

އަލަމްގީރްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

ނާޒިމު ކުށަށް އިއުތިރާފުވެ، ތައުބާވި ކަމަށް ބުނުމުން، އޭނާއަށް އިއްވި ހުކުމަކީ އެންމެ ތިން މަސް ދުވަހަށް ގޭބަންދު ކުރުމެވެ.

އަލަމްގީރް 7 މަހަށް ޖަލަށްލާން ހުކުމް އިއްވިއިރު، އަބްދުއްރަހްމާންވެސް ވަނީ ކުށަށް އިއުތިރާފުވެ، ތައުބާވާ ކަމަށް ބުނެފައެވެ. އެހެންކަމުން އޭނާއަށްވެސް ދޭނީ ލުއި އަދަބެކެވެ.