ދިވެހިރާއްޖޭގެ ފަސްޓްލޭޑީ، ފަޒްނާ އަހުމަދުގެ މަންމާފުޅު، އިނގެރޭސި ރާނީ އެލިޒަބަތު 2އަށް މެސެޖެއް ދެއްވައިފިއެެވެ.
ފަސްޓްލޭޑީ، އެކަމަނާގެ މަންމާފުޅު ދެއްވި މެސެޖު ލިޔުއްވީ، ރާނީގެ ތައުޒިޔާގެ ދަފްތަރުގައެވެ. އެގޮތުން އެ ދަފްތަރުގައި ފަޒްނާ ލިޔުއްވި ގޮތުގައި، ޔޫކޭއަށް ފުރާވަޑައިގަތުމުގެ ކުރިން، އެކަމަނާގެ އުމުރުން ދުވަސްވީ މަންމާފުޅާ ހޮސްޕިޓަލުން ބައްދަލުވުމުން، މަންމާފުޅު ވަނީ ރާނީ ކުރެއްވި މަސައްކަތްޕުޅަށްޓަކައި، ރާނީއަށް ސާބަސް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރާނީ އެލިޒަބަތު ދެ ވަނަ މަރުވެފައިވަނީ މިމަހުގެ އަށެއް ވީ ބުރާސްފަތި ދުވަހުއެވެ.
ރާނީއަށް އެންމެފަހުގެ އިހްތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން ވަނީ، ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ ދެ މެސެޖު ލިޔުއްވާފައެވެ.
މި ދެ މެސެޖުގައި ރައީސްގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، އަދި ޝާހީ އާއިލާއަށާއި، އިނގިރޭސިވިލާތާއި ކޮމަންވެލްތް ޤައުމުތަކުގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ.
ތައުޒިޔާގެ ދަފްތަރުގައި ރައީސް، ލިޔުއްވި މެސެޖުގައި ރާނީ އެލިޒަބަތު މަރުވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، ރާނީގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައިވެއެވެ.

ފަޒޫގެ މަންމގެ މސެޖެއްވިޔާ މަރުވިއަސް ރައްދުކުރެވިދާނެކަމަށް ބަލަނީ ތޯއްޗެއް