ރާނީ އެލިޒަބެތު(ދެވަނަ)ގެ ޖަނާާޒާ ނިމުނުއިރުވެސް، ރާނީގެ ގިނަ ވާހަކަތައް މީޑިއާތަކުގެ ފަލަ ސުރުހީން އަދިވެސް ދަނީ ޖާގަ ހޯދަމުންނެެވެ. މިގޮތުން ދެކެވެމުން އަންނަ އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކަ އަކީ، ރާނީގެ ”ބޮޑުތަޅުއަޅުވާފައިވާ“ ސިޓީއެއްގެ ވާހަކައެވެ.

Ads by Asuru

70 އަހަރު ރަނިކަން ކުރި އެލިޒަބެތު މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭރު އޭނާގެ އުމުރަކީ 96އެވެ.

ސެވެންނިއުސް އޮސްޓްރޭލިއާއިން ބުނީ، ސިޑްނީގެ ވަރަށް ތާރީހީ އިމާރާތެއްގައި އޮސްޓްރޭލިއާގެ ރައްޔިތުންނަށް ހާއްސަކޮށް ރާނީ މީގެ ކުރިން ލިޔުނު ސިޓީއެެއް ރައްކާ ކޮށްފައިވާ ކަމަށެވެ. މި ސިޓީ ލިޔެފައިވަނީ 1986 ވަނަ އަހަރުގެ ނޮވެމްބަރުމަހުގައެވެ.

ބިއްލޫރި ފޮއްޓެއްގައި ފޮރުވާފައިވާ މި ސިޓީގައި ލިޔެފައިވަނީ ކޮންއެއްޗެއްކަން، ރާނީއާ އެންމެ އަރިހުގައި މަސައްކަތް ކުރި މުވައްޒަފުންނަށްވެސް ނޭނގޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެއެވެ. އެ ސިޓީގައި އޮތީ ކޮންއެއްޗެއްކަން ނޭނގޭއިރު، އެނގޭ ކަމަކީ އެ ސިޓި ހުޅުވެން އޮތީ، 63 އަހަރު ފަހުން ކަމެވެ. އެއީ 2085 ވަނަ އަހަރެވެ.

އެލިޒަބެތު ވަނީ 16 ފަހަރު އޮސްޓްރޭލިއާއަށް ދަތުރުކޮށްފައެވެ. އޭނާގެ މަރާ ގުޅިގެން އޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރު އެންތަނީ އަލްބަނީސް ނެރުއްވި ބަޔާނެއްގައި ވަނީ ރާނީގެ ހިތުގައި އޮސްޓްރޭލިއާއަށް ހާއްސަ މަގާމެއް ދެވިފައި އޮތް ކަމަށެވެ.