ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބަރަހަނާ ވީޑިއޯ އާންމު ކުރި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

Ads by Asuru

އޭނާ އަމިއްލައަށް ބަރަހަނާވެ ނަގާފައިވާ ވީޑިއޯ އޭނާ އާންމު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ނަބީލަށް ކުރާ ދައުވާގެ ޝަރީއަތް ތާވަލު ކޮށްފައި އޮތީ މިއަދު މެންދުރު 1:30 އަށެވެ. އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގަ އޭރު ނަބީލް ބުނެފައިވަނީ އެއީ އޭނާގެ ހެދި ވީޑިއޯއެއް ނޫން ކަމަށާއި އާންމުވެފައިވާ ވީޑިއޯއަކީ އެޑިޓެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ބަރަހަނާވެ، އަންހެން ހެނދުން އަޅައިގެން ނަގާފައި ހުންނަ ވީޑިއޯ އާންމު ކުރާ މައްސަލައިގަ މިދިޔަ މަހު އޭނާ ހައްޔަރު ކުރުމުން ދޫކޮށްލީ ކޯޓުންނެވެ. އޭނާ ދޫކޮށްލީ މުޖުތަމައުއަށް އޭނާގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށް ނިންމުމަށް ފަހުއެވެ.

ނިވާކަންކުޑަ ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ އާންމު ކުރަމުން އަންނަ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.