ގިނަ އަދަދެއްގެ ފިރިހެނުންނާއެކުގައި އްޖިންސުން ގުޅުން ހިންގައި އެ މަންޒަރު ރިކޯޑު ކުރި މައްސަލައިގައި ކުށްވެރިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް ކޮށްފައިވާ އޮރިޔާންކާޑު އުފެއްދުމުގެ 40 ދައުވާއަށް އޭނާ އިއުތިރާފުވެފައިވާއިރު، އޭނާގެ މައްޗަށް އަންނާނީ ދެ އަހަރާ އެގާރަ މަހުގެ ޖަލު ހުކުމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

Ads by Asuru

އަލަމްގީރްގެ މައްޗަށް މީގެ ކުރިން، އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަށް އުފުލިއެވެ. އެ ދައުވާތަކަށް އޭނާ އިއުތިރާފުވުމުން އައީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި އަލަމްގީރް ވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އިއުތިރާފުވެފައެވެ.

ޕީޖީ އޮފީހުން ބުނީ އަލަމްގީރަށް ކޮށްފައުވާ ކޮންމެ ދައުވާއަކަށް އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އެއީ ދެ އަހަރާއި އެގާރަ މަހާއި ފަނަރަ ދުވަހުގެ ހުކުމެކެވެ.

މި މައްސަލާގައި އަލަމްގީރާއެކު އެއްޖިއްސުން ގުޅުން ހިންގައިގެން ގާނޫނީ ވަކީލު ނާޒިމް ސައްތާރުވެސް ހައްޔަރުކޮށް އޭނާ އަށް ދައުވާ ކުރިއެވެ. އޭނާ ވަނީ އެ ދައުވާ އަށް އިއުތިރާފުވެފައެވެ. އޭނާ ތިން މަހަށް ގޭ ބަންދު ކުރަން ވަނީ ހުކުމް ކޮށްފައެވެ.

ދެން މި މައްސަލާގައި ދައުވާކޮށް ހުކުމް އިއްވާފައިވާ އަނެއް މީހަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހުމާން ރަފީއުއެވެ. ނާޒިމު އެންމެ ތިން މަހަށް ގޭ ބަންދު ކުރަން ނިންމިއިރު، ދައުވާ އަށް އިއުތިރާފުވުމުން އިއްޔެ ކޯޓުން ވަނީ ރަފީއު އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.