ބަނގުރާ ފުޅިއެއް ހިއްޕަވައިގެން، އިންސްޓެގްރާމް ސްޓޯރީއަށް ލެއްވި ފޮޓޯއާއެކު، ޕީޖީ ހުސައިން ޝަމީމަށް، ޝެއިހު ޒައިދު ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ޝެއިހު ޒައިދު ވަނީ ބަނގުރާ ޕްރޮމޯޓު ކުރާ ކަމަށް ތުހުމަތުކުރެވޭ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. .
ޒައިދު ވިދާޅުވީ ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕީޖީ މަގާމުން ވަކިކުރަން ޖެހޭ ކަމަށާއި، އެއީ އިސްލާމީ ގައުމެއްގެ ޕީޖީގެ މަގާމަށް އެތައް ގޮތަކުން، ކުފޫ ހަމަ ނުވާ ބޭފުޅެއް ކަމަށެވެ.
ޝަމީމްގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ހިއްސާކޮށްފައިވަނީ މަރަނީ ބްރޭންޑުގެ ބަނގުރާ ފުޅިއެއް އެއް އަތުން ހިއްޕަވައިވެގެން އަނެއް އަތުން ނަންގަވާފައިވާ ފޮޓޯއެކެވެ. އަދި އެ ފޮޓޯގެ ކެޕްޝަނުގައި “ވެލްކަމް ޓު ޖޯޖިއާ” ލިޔުއްވިއެވެ.
މިކަމާ ގުޅިގެން، ޕީޖީ އޮފީހުގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން ސުވާލު ކުރުމުންވެސް، އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
