ރައީސް ޔާމީން އަބްދުލްގައްޔޫމް، ދ. ކުޑަހުވަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

Ads by Asuru

އިދިކޮޅު ކޯލިޝަނުން ބުނީ އެކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ކުޑަހުވަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ރައީސް ޔާމީން ކުޑަހުވަދޫއަށް ކުރައްވާ ދަތުރުފުޅުގައި، ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި ޖަލްސާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.